ހުޅުމީދޫ ޓާފްލީގް
އައްޑޫ ހުޅުމީދޫގައި ފުރަތަމަ ފަހަރަށް ބޭއްވި ޓާފްލީގް ކާމިޔާބު ކަމާއެކު
ނިއްމާލައިފިއެވެ. މި ލީގަކީ ހުޅުމީދޫ ޕޮލިހުންގެ
އިސްނަގައިގެން ހުޅުދޫ އަދި މީދޫ
އަވަށުގެ ޒުވާނުން ބައިވެރިވެގެން ކުރިޔަށް ގެންދާ ލީގެކެވެ.
މިލީގު ފެށިގެން އައީ ޕޮލިހުން މުނިފޫހި ފިލުވައި އަދި ދުޅަހެޔޮ
ސިއްހަތެއްގައި ބައިތިއްބުމުގެ މަގުސަދުގައި ޕުޓްބޯޅަ ކުޅޭނެ ތަންކޮޅެއް
ސްޓޭޝަންގެ ހުސްކޮށް އޮތް ބިމުގައި ތައްޔާރު ކުރަން ފެށި ހިސާބުންނެވެ. ކުޅެން
ބައެއް ދުވަސް ދުވަހު ކުދިންކޮޅު މަދުވުމާއި ގުޅިގެން ޕޮލިހުން ވިސްނީ
ދެރަށުގެވެސް ޒުވާނުން ބައިވެރިކޮށްގެން ކުރިޔަށް ގެންދިއުމަށެވެ. އަދި މިކަން
ވެގެން ދިޔައީ ހީކުރިވަރަށް ވުރެވެސް ކާމިޔާބު ކަމަކަށެވެ. ބައެއް ދުވަސް ދުވަހު
ކުޅެން ކުދިން ނުވިޔަސް ގިނަ ދުވަހު ކުޅެވޭވަރުވެއެވެ.
ކުޅެމުން ދިޔަ ދަނޑު ޕަބްލިކް ވޯކްސްގެ އެހީގަ ލެވެލް ކުރެވުނަސް ދަނޑުގައި
ކުދި ގާ ގިނަވެފަ އަނިޔާވުން ގިނައެވެ. ދަނޑު މައްޗަށް ކުޅުންތެރިއަކު
ވެއްޓިއްޖެނަމަ މަށައިގެން ނުދާގޮތެއް ނުވެއެވެ. ނަމަވެސް ހިއްވަރުކޮށްލައިގެން
އަނެއްދުވަހުވެސް ކުޅެން ދަނީއެވެ. އަދި ކޮށްމެ ދުވަހެއްގެވެސް ކުޅެން ފެށުމުގެ
ކުރިން އެމީހަކަށް ވީވަރަކުން ގާކޮޅުތަށް ހޮވާލަނީއެވެ. ނަމަވެސް ނަސީބު އަތުގައި
ހިފާލީ ޓާފް ކާޕެޓް ލިބޭގޮށްވި ހިސާބުންނެވެ. ކުރިން ލެވެލް ކޮށްފަ އޮތް ވަރަށް ވުރެވެސް
އިތުރަށް ލެވެލް ކުރުމަށްފަހު ދަނޑުގައި ޓާފް ރީއްޗަށް އަތުރާލީއެވެ. އަދި ހުރިހާ
ކުޅުންތެރިން ވެގެން މުޅި ދަނޑު ކުރަހާލި ހިސާބުން މުޅި ރަށަށް ދަނޑު
ވިދާލައިފިއެވެ.
ލީގުގެ ވަކި ރަނގަޅަށް ހިއްޕާލީ ޕޮއިންޓް ދީފައި ވަނަތަށް އެވޯޑް ދޭންފެށި
ހިސާބުންނެވެ. މިހިސާބުން ލީގު އިތުރަށް ވާދަވެރިވެ ކޮންމެ ދުވަހަކުވެސް ކުޅުން
ބޭއްވޭ ވަރު ވެއްޖެއެވެ. އަދި ކުރީގައި އެތަށް އިރެއްފަހުން ފެށޭ ކުޅުން ބަރާބަރު
ގަޑިޔަށް ކުޅެވެން ފަށައިފިއެވެ. ކުރީގަ ގޯލަށް އަރާނެ މީހަކު ނުވިޔަސް މިހާރު
އަރާނެ ކުދިން ގިން ވެއްޖެއެވެ.
އާދެ، މިދަނޑަކީ ހުރިހާ ބޭފުޅުނަށް ވެސް ކުދި ބޮޑު އައިސް ކުޅެވޭނެ ތަނެކެވެ.
މިހާރުވެސް ކޮށްމެ ދުވަހަކު ހަވީރު ދަނޑުގެ ދިރުން ފެނެއެވެ. އެއީ ރަށުގެ ޔަންގް
ޖެނެރޭޝަން އެވެ.
Comments
Post a Comment